English Edition
Dhivehi Edition

ޖޫރިމަނާގެ ގޮތުގައި މި އަހަރު 186 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފެށިގެން ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 186.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 157.9 މިލިއަން ރުފިޔާއެވެ.

މިއަހަރު ނިމޭއިރު މިއަދަދު 62.4 މިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ދައުލަތުން އަންދާޒާކުރި ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 124.5 ރުފިޔާ އިތުރަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫރިމާނާގެ ގޮތުގައި ނެގުނު އަދަދަށްވުރެ 29 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ޖޫރިމަނާއާއި ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ ކުޑަކުރައްވާނެ ކަމުގެ ވައުދާއެކުއެވެ.

ޓެގު