English Edition
Dhivehi Edition

ތިމާގެ ހަންގަޑަށް އަވަސް ފަރުވާއެއް މޫނު އޮމާންކޮށް ރީތިކޮށް ބަހައްޓަން އަބަދުވެސް ބޭނުން ކަމަށްވާނަމަ ކުލީންސަރ އިން ކޮންމެ ދުވަހަކު މޫނު ދޮންނާށެވެ. މޫނަކީ ތެޔޮމޫނެއް ނަމަ މޫނު ދޮވުމަށް ފަހު މޫނު ޓޯން ކުރާށެވެ އަވިއިން މޫނު ސަލާމަތް ކުރުމަށް ސަންސުކުރީން ބޭނުން ކުރާށެވެ ހަނދާން ނައްތާނުލާށެވެ.     ލޮލަކީ އަންހެންކުދިންގެ ރީތިކަން އެންމެ ބޮަޑަށް ފާހަގަ ވާތަނެވެ. އެހެންވީމާ ލޯރީތި ކުރާނީ ކިހިނެއްތޯއެވެ. ލޮލްގެ އެސްފިޔަ ކާލް ކޮށްލާށެވެ. ލޮލުގެ މޭކަޕް ކުރިޔަސް އެސްފިޔަ ވަކިން ކާލް ކުރާށެެވެ. މަތީގައިވާ ގޮތަށެވެ. މިގޮތަށް ހެދުމުން ލޯބޮޑުކޮށްވެސް ފެންނާނެއެވެ. 10 ސެކަންޑް ވަންދެން މަތީބައިން ކާލާގައި ހިފަހަށްޓާށެވެ. ގިނަވަގުތު ކާލް ހުންނާނީ އޭރުންނެވެ. ތިރީބޭސްވެސް އެގޮތަށް ހިފަހަށްޓާށެވެ. ކާލާއެއްނެތިވެސް ލޮލުގެ ލޭޝް ރީތިކުރެވިދާނެއެވެ. ލޮލުގެ މަތީބައި މަސާޖް ކޮށްލާށެވެ. އެމަސާޖް ކުރާނީ އަތުގެ ކަަށިއިނގިލިންވަށްބުރަށްވާގޮތަށެވެ. މަޑުމަޑުން ލޮލުގެ އެސްފިޔަތަކުގައި އިނގިލިން ހާނާލާށެވެ. ހޫނުފެންތައްޓެއްގެ ތެރެއަށް ސައިސަމުސަލެއްލާފަ ސަމުސާއެފެނުން ހޫނުކޮށްފަ ފެން ހިއްކުމަށްފަހު އެސަމުސަލުން ލޮލުގެ ކާލް މަސާޖު ކުރާށެވެ. (މިމަސާޖަކީ ވަރަށްބޮޑަށް ފަރިތަ ވެގެން ނުކުރެވޭނެ ކަމެކެވެ. ހާއްސަކޮށް މިކަންކުރަންވާނީ ތަޖުރިބާހުރި ތަނަކުންނެވެ)   ލޮލުގައި ބޭނުން ކުރެވޭ ކުލަޔަކުންވެސް ލޮލުގެ ރީތިކަމާއި ހައިބަތު އެނގިގެންދާނެއެވެ. އާންމު ގޮތެއްގައި ދިވެހި ލޮލަކީ ކަޅު ނުވަތަ މުށި ކުލައެވެ،އެހެންވެއްޖެއްޔާ ތިމާގެ ލޮލުގެ ކުލަޔަށް ވުރެ މަޑު ކުލަކުން އަބަދުވެސް ހައިލައިޓް ކުރާށެވެ. އަދި ލޮލުގެ ކާރިފަށުގައި މަޑު ހުދު ނުވަތަ މަޑު ކުރީމް ޓިޔުބަކުން ފަވާށެވެ. ލޮލުގެ ވަށައިގެންވާ ކަޅު ލައިން އަންނާނީ ބޮޑަށް ނިދި މަދުވުމުން ނާއި ގިނަވަގުތު ކޮމްޕިޔުޓަރ ކާރީ މަސައްކަތް ކުރުމުންނާއި ސުޓުރެސްގެ ސަބަބުންނެ. މިގޮތަށް ލޮލުގެ ވަށައިގެން ކަޅުކުލައި ލައިނެއް ލުމަކީ އަވަހަށް މީހާ މުސްކުޅި ވާކަމަށްވެސް ދައްކާ ކަމެކެވެ. ލޮލުގައި މިގޮތަށް ކަޅުކުލައިގެ ލައިނެއް ލުމުން ލޯރީތި ކުރާނެ ގޮތް ބޭނުންވާތަކެތި ޓޮމާޓޯ ލުބޯހުތް ހައްދަވާނެގޮތް: ޓޮމާޓޯމިކުސްޗަރުން ރަނގަޅަށް ފުނޑާލާށެވެ. ޓޮމާޓޯއާއި އެކު ލުބޯ ހުތް އެއްކޮށްލާށެވެ. އަދި މިޕޭސްޓް ލޮލުގެ ވަށައިގެންވާ އުނގުޅާލާށެވެ. އަދި ކިއުކަންބާ ދެފޮަތި ކޮޅު ލޯމަތީގައި ބާއްވާށެވެ 20 މިނިޓް ފިނިތަކެއްގައި އޮށޯވެގެން އޮވެލާށެވެ. އަދި ވިހިމިނިޓް ފަހުން ފިނިފެނުން ލޯދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މިކަންހަދާށެވެ. ލޮލުގެ ވަށައިގެން ކަޅުފަށެއް ލުމަކީ ސުކިންގެ ސީރިޔަސް މައްސަލައެއްނޫނެވެ. އަދި ހަމަ އެކަނި އެއީ އަންހެނުންނަށް އެކަނި ދިމާވާ މައްސަލައެއްނޫނެވެ. އަދި އެއީ ފިރިހެނުންނަށްވެސް ދިމާވާ މައްސަލައެކެވެ.. އެގޮަތަށް ލޯކާރި ކަޅުވުމަކީ އެއީ މީހާ މާވަރުބަލި ކަމަށާއި މުސްކުޅި ކަމަށްވެސް ދައްކާނެ ކަމެކެވެ. ކުރީއްސުރެ ފަށައިގެން ފަރުވާ ނުދެވިއްޖެއްޔާ އެއްކޮށް އެކަންތަށް ރަނގަޅު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ފަހަރުގައި ފަސޭހަވިޔަސް ފަސޭހަވާން ގިނަދުވަސްތަކެއް ވުން އެކަށީގެންވެއެވެ. ވިޓަމިން އީ ނުވަތަ އަލްމަންޑު އޮއިލް ނުދުމުގެ ކުރިން ލޮލުގެ ވަށައިގެން އުނގުޅާށެވެ. އަދި ހެނދުނު ތެދުވެ މޫނު ފިނިފެނުން ދޮވެލާށެވެ. ރޯ އަލުވި ޗިސްކޮށްފައި އެއަށް ލުނބޯހުތް އެއްކޮށްލާށެވެ. އަދި ކޮޓަން ބޯލްއަކުގައި އެޕޭސްޓު ހޭކުމަށްފަހު ލޯމަތީ އަޅާށެވެ. 10 މިނިޓްވަންދެން ބަހަށްޓާފަ އި ދޮންނާށެވެ. ނިމުނީ