English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ، ރޯދަވީއްލުމަށް ބޯން ވަރަށް މީރު ޑްރިންކެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ވޯޓާމެލަން ލައިމް ޖޫސް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

6 ތައްޓަށް

8 ޖޯޑު ކަރާ ކިއުބްގޮތަށް ކޮށާފައި ހުރި

2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1/2 މޭޒުމަތީ ސަމުސާ އިނގުރު ދިޔަ

ސްޕާކްލިންގ ވޯޓާ / ސްޕްރައިޓް (ބޭނުން ވައްތަރެއް)

ފްރެޝް މިންޓް ފަތްކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ބްލެންޑަރަށް ކަރާ އަޅާފައި ގިރާލުމަށްފަހު ފުރާނާލާށެވެ. ދެން ލުންބޯހުތް، އިނގުރު ދިޔަ އަދި ސްޕްރައިޓް ނޫނީ އެމީހަކު ބޭނުން ވައްތަރެއްގެ ސްޕާކްލިންގ ވޯޓާ އެއް އަޅާލުމަށްފަހު ގިރާލާށެވެ. ދެން ތައްޓަށް އެޅުމަށްފަހު އައިސް ކިއުބް އަޅާފައި މިންޓްފަތުން ގާނިޝް ކޮށްލުމަށްފަހު ސާރވްކުރާށެވެ.