English Edition
Dhivehi Edition

ބޮލީވްޑްގެ ސްޕަރ ސްޓާރ ކެތުރީނާ ކައިފް ރާއްޖޭގައި ކުޅެފައިވާ އަނބު އިޝްތިހާރު ގިނަ ބަޔަކަށް ކަމުގޮސް، ތަރުހީބު އޮހެން ފަށައިފިއެވެ.

ރާއްޖޭގައި ކުޅެފައިވާ އަނބު ޖޫހުގެ މި އިޝްތިހާރު މިހާރުއަންނަނީ ޓީވީތަކުންނާއި ޔޫޓިއުބް ފަދަ ޗެނަލްތަކުން ދައްކަމުންނެވެ. އަދި އިންސްޓަގްރާމް ފަދަ މަންސަ ތަކުގައި ވެސް އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.

ރާއްޖޭގެ ހިތްގައިމު ދޮންވެލި ތުނޑީގެ ނަލަކަން ފެނިގެންދާ މި އިޝްތިހާރު އެތައްފަހަރަކު ބަލައިލަން ބޭނުންވާ ކަމަށާއި މިފަދަ ގިނަ އިޝްތިހާރު ބަލަން ބޭނުންވާ ކަމަށް ވެސް ބައެއް ކޮމެންޓުތަކުގައި ބުނެފައިވެއެވެ.

ދިވެހި ރާއްޖެ ރިސޯޓެއްގެ ގޮނޑުދޮށުގައި ކުޅެފައިވާ “ސްލައިސް” މެންގޯ ޖޫސް އިޝްތިހާރުގައި ރާއްޖޭގެ ރީތި މޫދާއި ދޮންވެލި އަތިރި މަތި އަދި ފިނޮޅެއްގެ މަންޒަރު ފެންނައިރު، ކެތްރީނާއަކީ ޓޮރޮޕިކާނާ “ސްލައިސް”ގެ ބްރޭންޑްގެ އެންބެސެޑަރެވެ.

މިއީ މިއަހުރު ޖެނުއަރީ މަހު އޭނާ ރާއްޖެ އައިސް ކުޅެފައިވާ އިޝްތިހާރުގައި އެއިން ދޭ ރަހަތައް ބަޔާންކޮށްދީ އެ ޖޫހަކީ އޭނާގެ “ފެވަރިޓް” ކަމުގައި ބުނެފައިވާއިރު، ކޮމެންޓުކޮށްފައިވާ ގިނަ މީހުން ވެސް ބުނެފައިވަނީ ކެތް އާއެއްގޮތަށް އެމީހުންގެވެސް ފެވަރިޓަކީ އަނބު ކަމަށެވެ.

ރާއްޖެއަކީ ކެތްރީނާގެ ވަރަށް މަގުބޫލު މަންޒިލަކަށްވާއިރު، ކެތުރީނާ ވިކީ ކޯޝަލް އާއި ކައިވެނި ކުރުމަށްފަހު މިދިޔަ އަހަރު ޑިސެންބަރު މަހު ހަނީމޫނަށް ވެސް އައީ ދިވެހި ރާއްޖެއަށެޥެ.