English Edition
Dhivehi Edition

ރިއަލްމެޑްެރިޑް އަދި ޕޯޗުގަލްގެ ތަރި ކިރިސްތިއާނޯ ރޮނާލްޑޯ ބޯ ބާލަފައި ހުރި ފޮޓޯތަކެއް ޝޯޝަލްމީޑިއާގައި ހާމަ ކުރުމުން އެކި ގޮތް ގޮތަށް ވާހަކަ ދެކެވެން ފެށުނު ނަމަވެސް ރޮނާލްޑޯ ބޯ ބޭލި ސަބަބު މީޑިޔާއާއި ހިއްސާކޮށްފިއެވެ. ވޭލްގެ ވެރިރަށް ކާޑިޕްގެ މިލޭނިއަން ސްޓޭޑިއަމްގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ރިއަލްމެޑްރިޑް 4-1 ލަނޑުން ޖުވެންޓަސް ބަލިކުރި މެޗުގައި ދެލަނޑު ޖެހި ރޮނާލްޑޯ ބުނީ ބޯ ބާލަފައި ވަނ،ީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރިއަލްމެޑްރިޑް މޮޅުވެ އޭނާ ފައިނަލްގައި ލަނޑެއް ކާމިޔާބު ކުރެވިއްޖެ ނަމަ ބޯބާލަން ވައުދުވެފައި ވާތީކަމަށެވެ. “މީ ވައުދެއް،އަހަރެން އޮތީ ވައުދު ވެފައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެ ނަމަ އަދި އެ މެޗުގައި އަހަރެންނަށް ލަނޑެއް ކާމިޔާބު ކުރެ ވިއްޖެނަމަ ބޯ ބާލަން” ޓީވީއަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ. މި ސީޒަންގައި ރޮނާލްޑޯ ވަނީ ޗެމްފިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓޫވެސް ހާސިލު ކޮށްފައެވެ.އަދި ހަމަ އެހެންމެ ރޮނާލްޑޯ އަކީ މިވަގުތު ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.