English Edition
Dhivehi Edition

ބިލަބޮން ހައި އިންޓަނޭޝަނަލް ގެ އައްޑޫ ބްރާންޗްގެ ގްރޭޑް 5 ގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިޔާގެ ނިއުދިއްލީއަށް ހިނގައްޖެއެވެ.

6 ދުވަހުގެ މި ދަތުރުގައި ދިއްލީގެ އެކި ތަންތަނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ތާޖު މަހަލް އާއި ނިއުދިއްލީގެ ސަގާފީ އަދި އާސާރީ ތަންތަނަށް ދިއުމަށް ހަމަޖެހިފައިވާ ކަަމަށް ސްކޫލުން ބުނެއެވެ.

މިދަތުރުގައި ސްކޫލްގެ ޕްރިންސިޕަލް އާއި 2 މުދައްރިސުންނާއި 2 ބެލެނިވެރިންނާއެކު 10 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އައިލެންޑާސް އެޑިޔުކޭޝަން އިން ރާއްޖޭގައި ހިންގާ ބިލަބޮން ހައި އިންޓަނޭޝަނަލް ގޮފި ތަކުގެ ތެރެއިން އައްޑޫ ބްރާންޗްގެ ދަރިވަރުންނަށް މިފަދަ ދަތުރެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި މިފަދަ ޕްރޮގްރާމު ތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގުމަށް އެސްކޫލުން ގެންދަވަނީ ރާވަމުންނެވެ.

ކެންގަރޫ ކިޑްސްގެ ނަމުގައި 2011 ވަނަ އަހަރު ހުޅުވި މި ސްކޫލުގެ ޕްރީސްކޫލުގެ އިތުރުން ޕްރައިމަރީ ގްރޭޑް ތަކަށް ވެސް ކިޔަވައިދެމުންދެއެވެ. ކެންގަރޫ ކިޑްސްގެ ނަމުގައި ޕްރީ ސްކޫލުގެ ބައި ކުރިއަށް ގެންދާއިރު ޕްރައިމަރީ ގްރޭޑް ތައް ކިޔަވަމުން ދަނީ ބިލަބޮން ހައި އިންޓަނޭޝަނަލް ގައެވެ.