ޖުލައި 29 ވާ އާދީއްތަދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ހަމަ ޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބާތާއި ގުޅިގެން ބާއްވާ ކުޅިވަރާއި ހެވިކަމުގެ ރަސްމިއްޔާތު 28 ޖުލައި ދުވަހުގެ ރެޔަށް ފަސްކުރެވިފަިވާތީ އެ ހަރާކާތުގައި ގިނަ ސްކޫލް ކުދިންނާއި ސަރުކާރު މުވައްޒަފުން ބައިވެރި ވާތީ މުވައްޒަފުންނާއި ދަރިވަރުންނަށް ލުޔެއް ދެއްވުމުގެ ގޮތުން 29 ޖުލައި ވާ އާއްދީއްތަ ދުވަސް ސަރުކާރުގެ ބަންދު ދުވަހެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިކަމަށެވެ.
އަދި މިގޮތަށް ހަމަޖެއްސެވުމާއި ގުޅިިގެން ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ 30 ޖުލައިވާ ހޯމަދުވަހު ކަމަށްވެސް ޓްވީޓްގައި މުއާޒް ވިދާޅުވިއެވެ
މައުލޫމާތު ލިބިފައި ވާގޮތުގައި މިރޭ އޮތް އެ ހަރަކާތްތައް ކެންސަލުކޮށްފައި ވަނީ މިރޭ ކޭތަ ހިފާތީއެވެ.