ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތްގޮތަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކުރިއަށް ދިޔުންކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ލ.ފޮނަދޫދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާއެކު ރައްޔިތުން ތިބެނީ ތަރައްގީއާއި ކުރިއެރުން އެދޭތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ ކޮންމެވެސް މަޝްރޫއެއް ނުހިންގާ އެއްވެސް އަތޮޅެއް މިހާރުރާއްޖޭގައި ނެތްކަމަށް މިހާރު ވެރިކަންކުރަމުންދާ ޕީޕީއެމްއިންވަނީ ބުނެފައެވެ. މި ސަރުކާރުން ގެންދަވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ބުރިޖެއް އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެބްރިޖުގެ މަސައްކަތްނިމި އަންނައަހަރު ހުޅުވޭނެ ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށް އައިޖީއެމްއެޗަށް 25 ބުރީގެ އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. އޭގެ އިތުރަށް ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުނެވެ.