English Edition
Dhivehi Edition

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ “ޕަދްމާވަތީ” އަށް ސެންސަރު ބޯޑުން ލިބެން ޖެހޭ ހުއްދަ ނުލިބި ލަސްވަމުން ދާތީ ފިލްމު ރިލީޒްކުރުން ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާކަމަށް އެ ފިލްމު އުފައްދާ “ވަޔަކޮމް 18” އިން ބުނެފިއެވެ

އިންޑިއާގެ ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ޕަދްމާވަތީ” ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ގަ އެވެ. އެހެން ނަމަވެސް ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ވަނީ ފޮނުވާލާފައެވެ. ވަޔަކޮމް 18″ އިން ބުނެފައިވަނީ އަލުން އެޕްލިކޭޝަންސްތައް ސެންސަރު ބޯޑަށް ހުށައަޅާނެކަމަށާއި ފިލްމު އަޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެކަމަށެވެ

ޕަދްމަވަތީ އަކީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެކަމަކު ފިލްމުގައި ދައްކާ ރާނީ ޕަދުމާވަތީ އަކީ ދުނިޔޭގައި އުޅުނު މީހެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރު ނުވާއިރު، މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ހިލްޖީ އަކީ އުޅުނު މީހެކެވެ

މި ފިލްމުގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ފިލްމު ފެށީއްސުރެ ފިލްމާ ދެކޮޅު ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން ޕަދްމަވަތީގެ ސެޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ދީޕިކާއާއި ލީލާ ބަންސާލީއަށް އަންނަނީ މަރުގެ އިންޒާރުތައް ދެމުންނެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓަށް ވަނީ ފިލްމުގެ މައްސަލަ ހުށައަޅާފައެވެ