English Edition
Dhivehi Edition

ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) ގެ ފޯކަލް ޕޮއިންޓް ރަސްމީކޮށް އައްޑޫގައި ތައާރަފް ކޮށްފިއެވެ.

ވިއަމްގެ ފޯކަލް ޕޮއިންޓް ތައާރަފް ކޮށްފައިވަނީ ވިއަމް އިން ހިންގި މޭކަޕް ކުރަން ދަސްކޮށްދިން ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އީކުއޭޓަރވިލެޖުގައި ބޭއްވި ރަސްމިއްޔާތުތުގައެވެ. ވިއަމްގެ ފޯކަލް ޕޮއިންޓް ތައާރަފްކޮށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ވިއަމްގެ ރައީސާ ޝާއިރާ ސަލީމެވެ.

ފޯކަލް ޕޮއިންޓް ގެ ގޮތުގައި ހިތަދޫންއިން ދެ މީހަކާއި، މަރަދޫއިން މީހަކާއި، މީދޫއިން މީހަކުވަނީ ހަމަޖައްސައިފައެވެ. މިހާތަނަށް ފޭދުއާއި، ހުޅުދޫއިން ފޯކަލް ޕޮއިންޓްގެ ގޮތުގައި ހަމަޖެއްސިފައެއްނެތެވެ. ޝާއިރާ ވިދާޅުވީ ހަމަނުޖެހިހުރި އަވަށްތަކުން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ވިއަމްގެ ފޯކަލް ޕޮއިންޓް ގާއިމްވުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. “އެއީ ވަރަށް މުހިންމު ބައެއް. އެމީހުންގެ ދައުރަކީ އަޅުގަނޑުމެން އިރުއިރުކޮޅާ އައްޑުއަށް އައުމުގެ ބަދަލުގައި އެމީހުން މެދުވެރިކޮށް މަސައްކަތްތައް ރާވައި ހިންގޭނެ ޕްލެޓްފޯމެއް ގާއިމްކުރުން. މާލެއިން ފޮނުވަންޖެހޭ މީހުންނާއި “އެކްސްޕަޓީޒް” އަޅުގަނޑުމެން ފޮނުވައިދޭނަން،” ޝާއިރާ ވިދާޅުވިއެވެ.

ވިއަމްއިން ގެންދަނީ މުޅިރާއްޖޭގައިވެސް އެމީހުންގެ ޕޯކަލް ޕޮއިންޓްތައް ގާއިމް ކުރަމުންނެވެ. ބޭނުމަކީ ރަށްރަށުގެ ކަނބަލުންގެ ކުރިއެރުމާއި ފުދުންތެރިކަން އިތުރުކުރުމަށް ވިއަމްއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމެވެ.

ޓެގު