‘މިނިވަންކަޕް 2017’ ގައި ރޭ ކުޅުނު ދެވަނަ މެޗް ގައި ފެނަކަ ޓީމާއި މަލްޓި ޖީނިއަސް ސިޓީ ބައްދަލުކުރި މެޗު މަލްޓި ޖީނިއަސް އިން ކާމިޔާބުކޮށްފިއެވެ. ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު މަލްޓި ޖީނިއަސް އިން ކާމިޔަބުކުރީ 4 ލަނޑު 0 ލަނޑުންނެވެ.

މަލްޓި ޖީނިއަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ 4 ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. އެ ޓީމުގެ މުހައްމަދު އިންޝާލް އާއި އިބްރަހީމް ޝާނިޒް ވަނީ ކޮންމެ ކުޅުންތެރިއަކު 02 ލަނޑު ކާމިޔާބުކޮށްދީފައެވެ.މި  މެޗުގައި މަލްޓި ޖީނިއަސް އިން ފެނަކައިގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފެނަކަ ޓީމުގެ ފައްތޭއަށް ލަނޑުޖަހާނެ ގިނަ ފުރުސަތު ތެކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ ފެނަކަ ޓީމަށް މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަލްޓި ޖީނިއަސް ސިޓީ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިބްރާހީމް ޝާނީޒްއެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.

VN:F [1.9.22_1171]
Rating: 10.0/10 (2 votes cast)
VN:F [1.9.22_1171]
Rating: +1 (from 1 vote)
މިނިވަންކަޕް2017- ބޮޑު ތަފާތަކުން މަލްޓި ޖީނިއަސް މޮޅުވެއްޖެ, 10.0 out of 10 based on 2 ratings

Comment