ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ ރޯނީ ޖޯޖް ، އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ކުލިނިކުގައި ޖުލައި 15 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެއްވަވަން ފައްޓަވާނެ ކަމަށް އެއިމްސް ކުލިނިކުން ބުނެފިއެވެ.

އައްޑޫގައި ރަނގަޅު ފެންވަރެއްގައި ޚިދުމަތް ދެމުން އަންނަ އެއިމްސް ކުލިނިކާ އަލަށް ގުޅިލައްވަވާ މި ޑޮކްޓަރަކީ ކުޑަކުދިންގެ ބަލިތަކަށް އިންޑިޔާގައިވެސް މަޝްހޫރު އަދި އިންޑިޔާގެ ގިނަ ހޮސްޕިޓަލް ތަކެއްގައި މަސައްކަތް ކުރައްވަވާފައިވާ  ތަޖުރިބާކާރު ޑޮކްޓަރެކެވެ. 36 އަހަރުވަންދެން މި ދާއިރާގައި ތަފާތު ގިނަ ކާމިޔާބީ ހޯއްދަވާފައިވާ ޑރ ރޯނީއަކީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީން އެމްބީބީއެސް އަދި ޕޯސްޓް ގްރެޖުއޭޝަން ފުރިހަމަ ކުރައްވަވާފައިވާ ބޭފުޅެކެވެ.

މަޝްހޫރު ގިނަ ޑޮކްޓަރުންނާއެކު ސިއްޚީ ޚިދުމަތް ދިނުމަށް އައްޑޫގައި ހުޅުވި މި ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު މިއީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ. ފެންވަރު ރަނގަޅު ބޭސް ފިހާރައަކާއި ލެބޯޓްރީއަކާ ވެސް އެކުގައި ހުޅުވާފައިވާ މިތަނުގެ ލެބޯޓަރީއަކީ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ހުރި ވަރަށް ވުރެ މާ ފެންވަރު ރަނގަޅު ތަނެކެވެ. ހޮސްޕިޓަލުން ނުލިބޭ ބައެއް ޚިދުމަތްތައް ވެސް އެއިމްސް އިން ލިބެން ހުރެއެވެ.

VN:F [1.9.22_1171]
Rating: 7.0/10 (3 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
އިންޑިޔާގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު އެއިމްސް ކްލިނިކަށް, 7.0 out of 10 based on 3 ratings

Comment