English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް މުހައްމަދު އަނީލްގެ ހާއްސަ ދަރުހެއް ހުކުރުދުވަހުގެ ރޭ މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓީން ވިދާޅުވީ 22 ނޮވެމްބަރު ވާ ހުކުރުދުވަހުގެ ރޭ ބާއްވާ މި ދަރުސް އޮންނާނީ އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ބާއްވާ މި ދަރުހުގެ މައުޟޫ އަކީ “އުފާވެރި، އުފެއްދުންތެރި އަހަރީ ޗުއްޓީ އެއް، މުސްލިމެއްގެ ގޮތުގައި” މި އެވެ.

ޝެއިހް އަނީލް ދެއްވާ މި ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ހުގައި އެވެ.