English Edition
Dhivehi Edition

އިސްލާމް ދީނާއި ދެކޮޅު ކަންކަން ހުއްޓުވުމާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ގެ ނައިބު ފައިސަލް ނަސީމް ކަމާބެހޭ ފަރާތްތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި ކުރިއަށް ދިޔަ މި މަޝްވަރާގައި ވަނީ އިސްލާމްދީނަށް އިހާނެތިކޮށްހިތުމާ، ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކޮށްފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އަދި ތަޙައްމަލުކުރާ މުޖުތަމައެއް ޤާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނޭ ކަމަށާއި މި މަޝްވަރާތަކުގައި އިދާރާތަކުގެ އިސްވެރިން އެ އިދާރާތަކުގައި ކުރެވެމުންދާ މަސައްކަތްތަކާއި ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ މަޝްވަރާގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ޑިފެންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި ޔޫތު މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ގެ އިތުރުން ރައީސް އޮފީހުގެ ޗީފްއޮފް ސްޓާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.