English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލް ތަކުގެ ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑު 7 އަދި 8 ގެ ޓެސްޓް ޕޭޕަރަށް މާރކްސް ދިނުމުގެ އުސޫލު އެޑިޔުކޭޝަން މިނިސްޓްރީން ބަދަލުކޮށްފި އެވެ.

އެގޮތުން އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ޓާމާއި ދެ ވަނަ ޓާމުގައި ޓެސްޓް ޕޭޕަރުގެ ޖުމްލަ މާކްސްގެ ގޮތުގައި ދޭނީ 60 ކަމަށެވެ.

މީގެ ކުރިން ޕޭޕަރުތަކަށް ދެމުން އައީ 40 މާކްސް އެވެ. ނަމަވެސް ބަޔެއް ސުކޫލްތަކުން މި ޓާމުގެ ޕޭޕަރު ހަދާފައިވަނީ 60 މާކްސް ދޭގޮތަށެވެ. ބާކީ ބައި ހިމަނާނީ ސްކޫލުގައި ދޭ އެސެސްމަންޓުތަކުންނެވެ. ގައުމީ އާ މަންހަޖާއެކު ހަމައެކަނި ޓެސްޓު ދެނީ ގުރޭޑް 7 ކުން މަތީގެ ގުރޭޑް ތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ، ޕޭޕަރަށް މާކްސް ދިނުމުގެ އުސޫލު ބަދަލުކުރީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް ކަމަށެވެ.
ދިވެހިރާއްޖޭގައި ތަޢުލީމީ މަންހަޖު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނީ ރާއްޖެއާއި ދުނިޔެއަށް އަންނަމުންދާ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ، ބަދަލުތަކާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތް ކުރައްވައިގެންނެވެ. އައު ޤައުމީ މަންހަޖުގެ ތަޞައްވުރަކީ “ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން” އެވެ