English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ސްޕޯރޓްަސް އަޙްމަދު ސަލީމް

ކޮމިޝަނަރ އޮފް ސްޕޯރޓްސް މަޤާމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހ.ހީނާގަސްދޮށުގެ އަޙްމަދު ސަލީމް ހަމަޖައްސަވައިފިއެވެ.

އަޙްމަދު ސަލީމް މި މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ރައީސުލް ޖުމްހޫރިއްޔާ މިމަޤާމަށް ބޭފުޅަކު އައްޔަނު ކޮށްފައިވަނީ ކުޅިވަރުގެ ޤާނޫނު 30/2015 ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.

އަޙްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ.އަޙްމަދު ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާޞިލްކުރައްވާފައެވެ.

ރާއްޖޭގެ ފުރަމަތަމަފަހަރަށް ސްޕޯރޓްސް ކޮމިޝަނަރގެ މަޤާމް އުފެއްދީ ކުރީގެ ރައީސް ޢަބުދުﷲ ޔާމިނުގެ ސަރުކާރުގައެވެ.