English Edition
Dhivehi Edition

ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރ ޝާޑް އަށް މިފަހަރުގެ މަޖިލީސް ގޮނޑި ވެސް ލިބެން ޖެހޭކަމަށް އެދާއިރާގެ ގިނަ ރައްޔިތުން ދެކެއެވެ.

އެމް.ޑީ.ޕީގެ ޕްރައިމަރީ ނިމި އިލްޔާސް ލަބީބަށް އެދާއިރާގެ ޓިކެޓް ލިބިފައިވާއިރު މިފަހަރު ވެސް ޝާޑް އާއި ވާދަ ކުރާނީ އިލްޔާސްއާ އެވެ. މިހާރު ކުރިއަށްދާ މަޖިލީހުގެ ގޮނޑިވެސް ޝާޑް ކާމިޔާބު ކޮށްފައި ވަނީ އިލްޔާސް އާއި ވާދަކޮށް 84 ވޯޓްގެ ތަފާތަކުންނެވެ.

އެދާއިރާގެ ރައްޔިތުން ދެކޭ ގޮތުގައި ޝާޑްގެ ދައުރުގައި އެދާއިރާއަށް ގިނަގުނަ ތަރައްޤީތަކެއް ގެނެސް ދީފައިވާކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ހުދު ޝާޑްގެ ހިއްސާ ވަރަށް ބޮޑަށް އޮތްކަމަށްވެސް އެ ދާއިރާގެ ރައްޔަތުން ދެކެއެވެ ޝާޑްގެ ދައުރުގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރަށުގެ ނަރުދަމާއާއި ބޯފެނުގެ ހިދުމަށް ފޯރުކޮށްދީ، ފުޓްސަލް ދަނޑު، ޒުވާނުންގެ މަރުކަޒު،ދަތުރުފަތުރުގެ ނިޘާމާއި އެތަކެއް ވަޒީފާތަކެއް ހޯދައި ދީފައިވާ ކަން ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން އައްޑޫސިޓީ ހުޅުމީދޫގައި އަޅާފައިވާ މިފްކޯ މަސްފެކްޓްރީގެ މަސައްކަތާއި އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ މަސައްކަތުގައި ވެސް ޝާޑުގެ ހިއްސާ ވަރަށް ބޮޑެވެ. މިއީ ފަހުގެ ތާރީހެއްގައި ހުޅުދޫއަށް އައިސްފައިވާ އެންމެ ބޮޑު ތަރައްޤީއެވެ.

ޝާޑްއަށް ހުޅުދޫއިން ބޮޑު ތަރުހީބެއް ލިބިދާނެކަމަށް ބެލެވިފައިވާއިރު އިއްޔެ ހަވީރު ވަގުތެއްގައި ޝާޑް ވަނީ ހުޅުދޫއަށް ވަޑައިގެންފައެވެ. ޝާޑުއަށް ހުޅުދޫ އިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އޭނާގެ ކެމްޕެއިން ވަރަށް އަވަހަށް ރަސްމީކޮށް ފައްޓަވާނެކަމަށް ބެލެވެއެވެ. އެމް.ޑީ.ޕީގެ ކެންޑިޓޭޓް އިލްޔާސްގެ ކެމްޕެއިންވެސް ވަރަށް އަވަހަށް ފައްޓާނެކަމަށް އެޕާޓީ އިން އިން ހާމަކޮށްފައި ވެއެވެ.