English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީގެ އަރިހުގައި ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަންނަވައިފި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ އިންޑިޔާއާއި ރާއްޖޭގެ އަސްކަރިއްޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. މިގޮތުން މި މަޝްވަރާތައް އޮންނާނީ އިންޑިޔާގެ ދިއްލީގައިކަމަށް އެމްއެންޑީއެފް އިން ބުނެފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވާ ކަމަށެވެ.