English Edition
Dhivehi Edition

ރާއްޖޭގެ ރަށްތަކުގައި ވަރަށް އާންމުކޮށް ހެދޭ ފޭރަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ފޭރާއި ފޭރު ފަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެތައް ގޮތަކުން ބޭނުންތެރި ދެ ބާވަތެވެ.މިހާ ހިސާބުން ފެރުން ލިބޭ ފައިފާތަކަށް ބަލާލަމާ ހިނގާށެވެ.

ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭގެ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.ވިޓަމިން ސީއަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑުގައި ހުންނަ ޓިޝޫ އާކުރުމުގައި ވިޓަމިން ސީގެ ރޯލު ވަރަށް ބޮޮޑެވެ. ފޭރަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއަކަށްވާއިރު، ފޭރުގައި ވިޓަމިން ސީގެ އަދަދު އޮރެންޖުގައި ހިމެނޭ އަދަދަށް ވުރެ ހަތަރުގުނަ އިތުރެވެ. މީގެ އިތުރުން ވިޓަމިން އީގެ އަދަދު ލުނބޮލެއްގައި ހިމެނޭ އަދަދަށް ވުރެ ދިހަ ގުނަ އިތުރެވެ. އެންމެ ފޭރެއްގައި ގާތްގަނޑަކަށް 126 މިލިގުރާމުގެ ވިޓަމިން ސީ ހުރެއެވެ. އަދި ސައިންސް ވެރިން ބުނާގޮތުގައި ދުވާލަކު 400 ގުރާމުގެ ފޭރު ކާނަމަ، ލޭމައްޗަށް ދިއުން އަދި ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން މަދުކޮށްދެއެވެ.

ފޭރުގައި ހިމެނޭ އިތުރު ވިޓަމިންސް އަދި މިނަރަލްސްގެ ތެރޭގައި މެގްނީސިއަމް، ކެލްސިއަމް، ވިޓަމިން ބީ ސިކްސް ވިޓަމިން އޭ އަދި ފޮސްފޮރަސް ހިމެނެއެވެ.
ހަޖަމްކުރުމުގެ ނިޒާމް
ބޭރަށްހިންގާ ނަމަ މި ކަމަށް އޮތް ހައްލަކީ ފޭޭރުފަތޭ ބުނުމުން ވެސް ދޮގަކަށް ނުވާނެއެވެ. ފޭރުފަތް ބޭނުންކުރުމުން، އެންމެ އާންމުކޮށް ބޭރަށް ހިންގުމުގެ ސަަބަބެއް ކަމުގައިވާ ބެކްޓީރިއާ ސްޓެފިލަކޯކަސް އެރޭއަސް ފެެތުރުން ހުއްޓުވައި ދިފާއީ ނިޒާމް ސާފުކޮށްދެއެވެ.

ހަކުރުބަލި
ޖަޕާނުގެ ހޯދުމަކުން ދައްކާގޮތުގައި ފޭރުފަތް ސަޔަށް އަޅައިގެން ބުއިމަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ހަމަހަމަކޮށްދޭކަމެކެވެ. އަދި ޖަޕާނުގައި ޑައިބެޓިކްސްގެ އެންމެ ބޮޑުފަރުވާއެއްގެ ގޮތުގައި ބޭނުންކުރަނީ ފޭރުފަތެވެ.

ކެންސަރާ ދުރުކޮށްދޭ
ފޭރުފަތުގައި ގިނަ އަދަދަކަށް ހުންނަ އެންޓިއޮކްސިޑެންޓް ލައިކޮޕީންގެ މާއްދާގެ ސަބަބުން ކެންސަރުޖެހުމުގެ މަގު ކުޑަކޮށްދެއެވެ. ސައިންސްގެ ހޯދުންތަކުން ބުނާގޮތުގައި ލައިކޮޕީންއަކީ ކެންސަރުގެ ނުރައްކަލުން ސަލާތްމަތްކުރުމުގައި އެންމެބޮޑު ރޯލެއް އަދާކުރާ އެއް ހަތިޔާރެވެ.

ހަންގަނޑު ރީތިކޮށްދޭ
ފޭރުފަތުގައި އެންޓިއޮކްސިޑެންޓް ހުރުމުގެ ސަބަބުން ފޭރުފަތް ހޫނުފެނަށް ލުމަށް ފަހު ހަންގަޑުގައި ހޭކުމުން ހަންގަނޑު އޮމާންވެ ހަންގަނޑުގެ ކުލަ ރީތިވެގެންދެއެވެ. ބައެއްވައްތަރުގެ ލޯޝަން އުފެއްދުމުގައި ވެސް ފޭރުފަތް ބޭނުންކުރެއެވެ.

ހިތުގެ ލޭހޮޅިތަކަށް ފަރުވާއެއް
ހިކި ފޭރުފަތް ހޫނުފެނަށް އަޅައި ސައި ތައްޔާރު ކުރެވިދާނެއެވެ. މި ސައިގައި ކޮލެސްޓްރޯލްއިން ސަލާމަތްކޮށްދޭ މާއްދާ ހިމެނުމުގެ ސަބަބުން ހިތުގެ ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދީ ހަށިގަނޑުގައި ލޭ ދައުރު ކުރުމުގެ ނިޒާމް ވަރުގަދަކޮށްދެއެވެ.