English Edition
Dhivehi Edition

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ހެދުމަށް ހަމަޖެހިފައިވާ ބީޗްތައް ހެދުމަށް އެންމެ އެކަށޭނެ ސަރަހައްދުތައް ހޯދުމަށް އޮޕްޝަންސް އެނަލިސިސް އެއް ހެދުމާއި، އަދި މިމަރުހަލާއިން ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗްހެދުމަށާއި ރައްޔިތުން އެކި ކަންކަމަށް ބޭނުންވާ ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އީ.އައި.އޭ ހަދައި ބީޗް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަމެއް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ

އެ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނީ 20 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް، އައްޑޫސިޓީ ކައުންސިލް އިދާރާއިން ބިޑް ވިއްކާނެ ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ31 ޖަނަވަރީ 2019 ވާ ބުރަސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށް އެ އިއުލާންގައިވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އިއުލާންގައި ވަނީ ބީލަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 20 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 ޖަނަވަރީ 30 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އީމެއިލްކުރުމަށް އެދިފައެވެ