English Edition
Dhivehi Edition

33 އަހަރުގެ ޕައުލް ޖޮންސް ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތަކު 10 އަހަރުވަންދެން ކޯމާގައި ހޮސްޕިޓަލުގައި އޮވެ ހޭ އެރި ވަގުތު އޭނާ ހޮސްޕިޓަލުގައި އޮތް މުއްދަތަށް އަރާފައި އޮތް ބިލް ފެނިފައި އަނެއްކާ ހިތް ހުއްޓިއްޖެއެވެ.

ޕައުލް ކޯމާ އަކަށް ދިޔައީ މީގެ 10 އަހަރު ކުރިން ދިމާވި ކާރު އެކްސިޑެންޓެއްގައިއެވެ. ޑޮކްޓަރުން ވަނީ ޕައުލް ހޭލަށްވަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.ނަމަވެސް ޑޮކްޓަރުންގެ އެއްވެސް މަސައްކަތަކުންވެސް ޕައުލް ހޭނާރާ އޮވެ ހޭއެރީ 10 އަހަރުގެ ދިގު މުއްދަތަކަށް ކޯމާގައި އޮވެ މިދިޔަ ހަފްތާގެ ތެރޭގައިއެވެ.

“އަހަރުމެން ވަރަށް އުފާވޭ ކަލޭ(ޕައުލް) އެނބުރި އައީތީ” އުފާވެރި ހިނިތުންވުމަކާއި އެކު ހޮސްޕިޓަލުގެ އޯނަރު ބުންޏެވެ. ޖޯންސް ހޭއެރުމުން އޯނަރުބުނީ ޖޮންސް އަކީ އެމީހުންގެ އެންމެ “ލޯޔަލް” ކަސްޓަމާ ކަމަށެވެ. އަދި އޭނާގެ ހޮސްޕިޓަލް ބިލް މިހާރު ވަނީ 6 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައި ކަމަށް އޯނަރު ޖޯންސް ހޭލުމުން ބުންޏެވެ.

މި ވާހަކަތައް އަޑުއިވިފައި ޖޯންސްގެ ހިތް ކުއްލިޔަކަށް ހުއްޓުނެވެ. އަދި ވަގުތުން ޖޯންސް އަނެއްކާވެސް ކޯމާއަށް ދިޔައެވެ. ޑޮކްޓަރުން މިހާރުތިބީ ޖޯންސް ދެން ހޭލާނޭ ދުވަހެއްގެ އިންތިޒާރުގައިއެވެ. ޑޮކްޓަރުންނަށްވެސް ޖޯންސް ހޭލާނީ ކޮންއިރެއްގައި ކަމެއް ނޭނގެއެވެ.