English Edition
Dhivehi Edition

މިސީޒަންގައި ނެރޭ ދަށް ނަތީޖާ ތަކުގެ ސަބަބުން އިނގިރޭސި ގަދަ ބާރު މެންޗެސްޓަރ ޔުނައިޓެޑް ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

މޮރީނިއޯ ޓީމުން ވަކިކުރީ އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.މެންޗެސްޓަރ ޔުނައިޓެޑްގައި މޮރީނިއޯ ވަނީ ދެ ސީޒަން ހޭދަކޮށްފައިވާއިރު އޭނާ ޔުނައިޓެޑް އާއި ގުޅުނީ 2016 ވަނަ އަހަރުގައެވެ.

މޮރީނިއޯ ކުލަބްގައި ހޭދަ ކުރި ދެ އަހަރު ބައިގެ މުއްދަތުގައި އޭނާ ވަނީ ޔުނައިޓަޑަށް، ޔޫރޮޕާ ލީގާއި، އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިދީ މިދިޔަ އަހަރު ޕްރިމިއަ ލީގުގެ ދެވަނަ ޔުނައިޓެޑްއަށް ހޯދައިދީފައެވެ.

ޔުނައިޓެޑްއިން މިދިޔަ ސީޒަންގެ ލީގުގެ ދެވަނަ ލިބުމުން މޮރީނިއޯގެ ކޮންޓުރެކްޓް 2020 ވަނަ އަހަރާއި ހަމައަށް އާކުރިނަމަވެސް ކޮންޓްރެކްޓްގައި ބާކީ ދޮޅު އަހަރު އޮއްވައި ޔުނައިޓަޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރީ މި ސީޒަންގައި ޔުނައިޓަޑް ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ޔުނައިޓެޑްއިން މޮރީނިއޯއާއި އެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވާއިރު ޔުނައިޓެޑުން ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު މެޗުން ބަލިވުމުގެ އިތުރަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި ލިވަޕޫލް އަތުން ބަލިވެ އެއްވަނާގައި އޮތް ލިވަޕޫލާއި 19 ޕޮއިންޓަށް ފަރަގު ބޮޑު ވެފަ އެވެ.

“މޮރީނިއޯ ކްލަބަށް ކޮންދިން ހިދުމަތަށް ޝުކުރު އަދާކުރަން އަދި ކުރިއަށް އޮތް ތަނުގައި ކާމިޔާބަށް އެދެން. މި ސީޒަން ނިމެންދެން މިވަގުތަށް ކްލަބުން ކެއާޓޭކާ މެނޭޖަރެއް ހަމަޖައްސާނެ. އަދި ކްލަބުން ފުލް ޓައިމް މެނޭޖަރެއް ހޯދުމުގެ މަސައްކަތް ކުރާނެ” މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވެއެވެ.

މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެޓީމު އެންމެ ދަށް ފެށުމެވެ.

މޮރީނިއޯ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައިވެސް ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނާއި މައްސަލަ ޖެހިފައިވާއިރު 2015 ވަނަ އަހަރު ޗެލްސީގެ ކޯޗު ކަމުން އޭނާ ދުރުކުރި އިރުވެސް ވަނީ ސީނިއާ ގިނަ ކުޅުންތެރިތަކަކާއި މަސައްލަ ޖެހިފައެވެ.

ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑާއި ގުޅުނު ފްރާންސްގެ ޕައުލް ޕޮގްބާ އާއި ފްރާންސްގެ އުންމީދީ ތަރި އެންޓީނޯ މާޝީއާލް ފަދަ ކުޅުންތެރިންނާއި މޮރީނިއޯ މަސައްލަ ޖެހިފައިވާއިރު ފަހަކަށް އައިސް އެ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.

އެފްސީ ޕޯޓޯ އާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑަށް ކުރިން ކޯޗު ކޮށްދިން މޮރީނިއޯ ކޯޗިންގެ ދާއިރާއިން އެންމެ ފުރުތަމަ މަޝްހޫރުވީ 2004 ވަނަ އަހަރު ޕޯޓޯއާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހިސާބުންނެވެ.

މޮރީނިއޯ ވަނީ ޕޯޓޯގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ޗެލްސީއަށް ބަދަލުވ ޖެހިޖެހިގެން ދެ ސީޒަނުގައި އެޓީމަށް ލީގު ކާމިޔާބު ކޮށްދީފައެވެ.އެއަށް ފަހު މޮރީނިއޯ ވަނީ އިޓަލީ ލީގުގެ އިންޓަ މިލާނަށް ބަދަލުވެ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގައި އިޓާލިއަން ކަޕާއި ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

އިޓަލީ ލީގުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު މޮރީނިއޯ ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ އެކުލަބާއި އެކު ސްޕެނިޝް ލީގުގެ ކާމިޔާބުކޮށްފައެވެ.

ރެއާލްއަށް 2013 ވަނަ އަހަރު ލީގު ކާމިޔާބުކޮށްދިނުމަށް ފަހު މޮރީނިއޯ ދެވަނަ ފަހަރަށް ޗެލްސީއަށް ބަދަލުވެ އެކުލަބްއަށް ޕްރިމިއަ ލީގު ކާމިޔާބުކޮށްދީފައެވެ. މޮރީނިއޯ މަގާމުން ވަކިކުރީ 2015 ވަނަ އަހަރު އެ ކުލަބްއާއި އެކު ނަތީޖާ ނުނެރެވުމުނެންނެވެ. އެއަށްފަހު މޮރީނިއޯ ފެނުނީ ޔުނައިޓެޑްގެ ކޯޗުކަމުންނެވެ