English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި އަދި ކުރީގެ މިސްއިންޑިއާ ތަނުޝްރީ ދައްތާ އަށް ބޮލީވުޑްގެ އެކްޓަރނާނާ ޕަޓޭކަރ ޖީންސީގޯނާކުރި ކަމަށް ހާމަކުރުމާއި ގުޅިގެން ބޮލީވުޑްގެ އެކްޓްރެސް ރާކީ ސާވަންތް އޭނައަށް ދާދި ފަހުން ފާޑު ކިޔާފައެވެ.

އެގޮތުން ރާކީސާވަންތް މީޑިއާއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ، މިދިޔަ 10 އަހަރު ތަނުޝްރީ އޮތީ ކޯމާއެއްގަތޯ ބުނެ ވަނީ ސުވާލު ކޮށްފައެވެ. އަދި ރާކީ ބުނެފައިވަނީ ތަނުޝްރީ އެކަހަލަ ވާހަކަދައްކަނީ އޭނަ ހަމަޖޭހޭ މީހަކަށް ނުވާތީއާއި މިވަގުތު އޭނަގެ ބޮލީވުޑްގެ ކެރިއަރ ނިމި އަތްމަތި ދަތި ކޮށް އުޅޭތީ ފައިސާ ހޯދުމުގެ ބޭނުމު ގައިޔާއި މަޝްހޫރު ކަންހޯދުމަށް ކަމަށެވެ.

ރާކީ ތަނުޝްރީ އާ ދެކޮޅަށް އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަތީ އޭނަ އާމެދު މީހުންދެކޭގޮތް ބަދަލު ވެދާނެތީ ތަނުޝްރީ ވަނީ ރާކީ އާދެކޮޅަށް ބަދަލުގައި 10 ކުރޯޑް ރުޕީސް ހޯދުމަށް އަބުރުގެ ދައުވާ ކޮށްފައެވެ.

މައްސަލަ ހުށަހެޅުމާއެކު ތަނުޝްރީގެ ލޯޔަރު ބުނެފައިވަނީ ރަކީ ކޮށްފައިވަނީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ފައިސާ ނުދައްކައިފި ނަމަ އޭނައަށް 2 އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ.

މިހާދިސާހިނގިތާ ދިހަ އަހަރުފަހުން ތަނުޝްރީ މިވާހަކަ މީޑިއާއާ ހިއްސާކުރުމުން އެއްބަޔަކު އޭނަގެ ވާހަކައަށް ފާޑު ކިޔަމުން ދިޔަނަމަވެސް އެއްބަޔަކު ދަނީ މިމައްސަލަ ބަލަންޖެހޭނެކަމަށާއި ތަނުޝްރީ އަށް ލިބުނު ގެއްލުމުގެ ބަދަލު ނާނާޕަޓޭކަރ ދޭންޖެހޭނެ ކަމަށް ބުނަމުންނެވެ.