English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަނެއްކާވެސް ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިފަހަރުގެ ޕްރޮމޯޝަން ޙާއްސަ ކޮށްފައިވަނީ ޕޯސްޕެއިޑް ކަސްޓަމަރުންނަށެވެ. އެގޮތުން ބޮޑެތި ޑިސްކައުންޓްތައް ލިބޭގޮތަށް ކުރިއަށް ދާ މިޕްރޮމޯޝަން 24 މަހާއި 12 މަހާއި 06 މަސް ދުވަހަށް ބަހާލައިގެން ޕޯސްޕެއިޓެއް ނެންގެވުމުން ޑިސްކައުންޓް ލިބެއެވެ. އެގޮތުން 24 މަހުގެ ޕެކޭޖް އެއް ނެންގެވުމުން %15 އާއި ހަމައަށް ލިބޭރިއު 12 މަހުގެ ޕެކޭޖް ނެގުމުން %10 ގެ ޑިސްކައުންޓެއް ލިބެއެވެ. އަދި 6 މަސް ދުވަހުގެ ޕެކޭޖް މިފަހަރު ފަރުމާކޮށްފައި ވަނީ ކިޔަވާ ކުދިންނަށް ޙާއްސަ ކޮށްގެންނެވެ. އަދި އެޕެކޭޖަށް %5 ގެ ޑިސްކައުންޓެއް ލިބެއެވެ.

މިޕްރޮމޯޝަން އާއި ގުޅޭ އިތުރު މަޢުލޫމާތު ހިލޭ ގުޅޭ ނަންބަރ 929 އިން އާއި ވެބްސައިޓް ore.do/sim-only އިން ލިބޭނެއެވެ.

މީގެ ކުރިން ވެސް އުރީދޫ އިން މިފަދަ ތަފާތު އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ގިނަ ޕްރޮމޯޝަންތައް ވަރަށް ކާމިޔާބުކަމަށް އެކުންފުނިން މަޢުލޫމާތި ދީފައިވެއެވެ. އުރީދޫއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އެންމެބޮޑު އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ.

2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އުފެދުނު ފަހުން ދިވެހިރާއްޖޭގެ މުއާސަލާތީ ނިޒާމަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައި ވެއެވެ. އަދި އުރީދޫ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މަލްޓިނޭޝަނަލް ކުންފުންނެވެ.