English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ގިނަ އަހަރުތަކަށް ފަހު “ފޭދޫ ސޮކާކަޕް 2018″ގެ ނަމުގައި އަގު ބޮޑު ފުޓް ބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ އެތް ފަރާތް ކަމުގައިވާ އަލީ ހަނީޒް(ބޮއްކާ) ބުނީ މިމުބާރާތް ވެގެންދާނީ މިވަގުތު އައްޑޫގައި ބޭއްވޭނެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށާއި މި މުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅަ ކުޅެން ބޭނުން ވެފައިތިބި ކުދިންނަށް ހުނަރު ދައްކާލަން ފުރުސަތު ލިބިގެން ދާނެކަމަށެވެ.

އަންނަ އަހަރު ޖެނުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަންނަ ިސެމްބަރު މަހު ހުޅުވާލާއިރު އައްޑޫގެ ކޮންމެ ރަށަކަށްވެސް ލިބިގެންދާނެ ކަމަށް ބޮއްކާ ބުންޏެވެ.

ޖެނުވަރީ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 75،000 ރުފިޔާ އަދި ރަނަރަޕް ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މުބާރާތާއި ބެހޭ މައުލޫމާތު ސާފުކުރުމަށާއި ފޯމް ހޯދުމަށް 9119811 ގުޅުމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން އެދިލައްވައެވެ،