English Edition
Dhivehi Edition
FILE - In this Sept. 1 2017 file photo, French President Emmanuel Macron, right, shakes hands with Lebanese Prime Minister Saad Hariri during a joint press conference at the Elysee Palace in Paris. Hariri has accepted an invitation to come to France after his surprise resignation from Saudi Arabia nearly two weeks ago that stunned Lebanon and rattled the region, the French president's office announced Thursday Nov. 16, 2017. (Ludovic Marin, Pool via AP, File)

ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީ ފަރަންސޭސި ވިލާތަށް ވަޑައިގެންފިއެވެ. އޭނާގެ މި ދަތުރުފުޅަކީ ފަރެންސޭސި ވިލާތުގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފަރަންސޭސި ބޮޑުވަޒީރު އެމަނުއަލް މެކްރޯން ވިދާޅުވެފައިވަނީ، ސާދު ހަރީރީ ފަރަންސޭސި ވިލާތުން އިސްތިޤްބާލު ކުރައްވާނީ ބޮޑުވަޒީރެއްގެ ހައިސީއްޔަތުން ކަމުގައެވެ. ނަމަވެސް މީގެ ދެހަފްތާ ކުރިން ހަރީރީ ވަނީ ސައުދި އަރަބިއްޔާގައި ހުންނަވައިގެން ޓީވީ މެދުވެރިކޮށް ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ހަރީރީ ދެހަފްތާ ކުރިން އިސްތިއުފާ ދެއްވި ނަމަވެސް ލުބްނާނުގެ ސިޔާސީ ފަރާތްތަކުން އަދި ރައީސް މިޝެލް އައޫން ވެސް ވަނީ ގައުމަށް އެންބުރި ވަޑައިގެން އިސްތިއުފާ ރަސްމީ ގޮތުގައި ދެއެްވުމަށް ގޮވާލައްވާފައެވެ.

ހުކުރު ދުވަހު ފަރަންސޭސި ބޮޑުވަޒީރު ސްވިޑެންގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅު ވެފައިވީ، ” އަހަރެން ހަރީރީ ވެދުން ކުރާނީ ބޮޑުވަޒީރެއްގެ ހައިސީއްޔަތުން. ތެދުފުޅެއް ހަރީރީ ވަނީ އިސްތިއުފާ ދެއްވާފަ. ނަމަވެސް އެނާ އަމިއްލަފުޅު ގައުމުގައި ނެތުމުން އެގައުމުން އެނާގެ އިސްތުއުފާ އަދި ޤަބޫލެއް ނުކުރޭ. ” އެވެ.

އެހެންކަމުން އެނާ ހަރީރީ އަށް ބޮޑު ވަޒީރެއްގެ ދަރަޖައިގައި އިސްތިޤްބާލު ކުރައްވާނެ ކަމަށް މެކްރޯން ވިދާޅުވިއެވެ.

މެކްރޯން އިތުރަށް ވިދާޅުވި ގޮތުގައި ހަރީރީ ކުރިއަށް ދުވަސްތަކުގައި ނޫނީ ހަފްތާގައި އަމިއްލަފުޅު ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ލުބްނާނުގެ ރައިސް މިޝެލް އައޫން ވަނީ ހަރިރީ ހުރީ ސައުދި އަރަބީއްޔާގެ ސިޔާސީ ހައްޔަރުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ. ހަމަ މިގޮތަށް ހިޒްބުﷲ ޖަމާއަތުންވެސް ވަނީ ތުހުމަތު ކޮއްފައެވެ.

ރޮއިޓާސް ރިޕޯޓެއް ދާދީ ފަހުން ހަރީރީ އާއި ގާތް ބަޔަކާ ހަވާލާދީ ބުނެފައިވަނީ ހަރީރީ ސައުދީގައި ހިފަހައްޓާފައި ކަމުގައެވެ. އޭގެ ސަބަބަކީ ހަރީރީ ހިޒްބުﷲ ޖަމާޢަތް އަދި އިރާނުން ލުބްނާނުގައި ނުފޫޒު ހިންގުމަށް އެއްވެސް ވަރަކަށް ދެކޮޅު ނަހަދާ ކަމަށް ބުނެއެވެ.