English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ނިއުކާސަލް އަދި އެސްޓަން ވިލާ މޮޅުވެއްޖެއެވެ.

ރޭ ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ސައުތެމްޓަމް އަތުން މޮޅުވީ 2-1 އިންނެވެ. މި މޮޅާއި އެކު ނިއުކާސަލް މިވަގުތު އޮތީ ލީގުގެ 14 ވަނާގައެވެ.

ވުލްވްސް އިން ވަނީ ރޭ އަމިއްލަ ދަނޑުގައި 4-0 އިން ވަޓްފޯޑް އަތުން މޮޅުވެފަ އެވެ. މި މޮޅާއި އެކު ވުލްވްސް މިވަގުތު އޮތީ 28 މެޗުން ލިބުނު 43 ޕޮއިންޓާއި އެކު އަށް ވަނާގައެވެ.

ރޭ ކުޅުނު މެޗުން އެސްޓަން ވިލާ މޮޅުވީ ލީޑްސް އާއި ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއި އެކު އެސްޓަން ވިލާ ނުވަ ވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ.