English Edition
Dhivehi Edition

“ކޮންފަރެންސް އޮން ވިމެން އެމްޕަވަރމަންޓް”ގެ ނަމުގައި ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ހަރަކާތެއް އިންތިޒާމުކޮށްފިއެވެ.

މިއީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) ގެ ފަރާތުން ބޭއްވި ހަރަކާތެކެވެ.

މެންހެޓަން ބިޒްނަސް ހޮޓެލާއި މެންހެޓަން ފިޝް މާކެޓްގެ އެހީތެރިކަމާއެކު ހިންގި މި ހަރަކާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުގެ ފަންނީ ފަރާތްތަކުގެ ތަޖުރިބާއާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.

އެގޮތުން ވިމެން އިން މީޑިއާ، ވިމެން އެންޑް ދަ އިކޮނޮމީ، ވިމެންސް ހެލްތު އަދި ވިމެން އެންޑް އެންވަޔަރަމަންޓް ފަދަ މަޢުޟޫއު ތަކަށް ވަނީ މަޝްވަރާކޮށްފައެވެ. ޕެނަލިސްޓުގެ ގޮތުގައި މި މައުޟޫޢުތަކަށް ވާހަކަ ދެއްކެވީ އެޑިއުކޭޓަރ އެންޑް ޓީވީ ޕްރެޒެންޓަރ އައިމިނަތު ނަމްޒާ، މެޑިފްލެކްސްގެ ޑައިރެކްޓަރ އޮޕަރޭޝަންސް އެންޑް މާކެޓިންގ އައިމިނަތު ޝާޔަން ޝާހިދު، މިޕްސްޓަރގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު ޢަލީ ނާޒް އަދި ޕެޑީ ކޯސް ޑިރެކްޓަރ ޒޫނާ ނަޞީމެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި 14 ޖަނަވަރީ 2022 ގައި އިްތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައި، އަންހެނުންނަށް ގިނަ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.