English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކުލަބު ބަދަލުކުރާ ކުޅުންތެރިންގެ އަދަދު ނިސްވަތުން ގިނައެވެ. ކޮންމެ އަހަރަކުވެސް ޓްރާންސްފާ މާކެޓުގައި ކުލަބު ބަދަލުކުރާ ކުޅުންތެރިންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ނިމިގެން ދިޔަ ޓްރާންފާ މާކެޓް އަކީ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުޢްޓުނު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ޓްރާންފާ މާކެޓަށް ވަނީ ވެފައެވެ. އެގޮތުން މިފަހަރުގެ ޓްރާންފާ މާކެޓަކީ ވެސް ވަރަށް ފާހަގަ ކޮށްލެވޭ ޓްރާންސްފާ މާކެޓަކަށް ވުން ގާތެވެ. ސަބަބަކީ ދުނިޔޭގައި މިވަގުތު ތިބި ޒުވާން މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއް އެކުޅުންތެރިން ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެތީއެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަމަވާ ކުޅުންތެރިންނަށް ހިލޭ ޓްރާސްފާގައި ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޮތުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުލަބު ބަދަލުކުރުމަށް ވަރަށް ފަސޭހަވެގެންދާނެ ސަބަބެކެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަމަވާ އަދި ހިލޭ ޓްރާންސްފާގެ ދަށުން ބަދަލުކުރެވޭނެ ބައެއް މަޝްޙޫރު ކުޅުންތެރިންނަށް ބަލާލާއިރު، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭ، އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ، އޭސީ މިލާނަށް ކުޅެމުން އަންނަ ފްރެންކް ކެސީގެ އިތުރުން މިލާންގެ މާސެލޯ ބްރޮޒޮވިޗް ފާހަގަކޮށްލެވެއެވެ.

އަންނަ ޖޫންމަހުގެ ނިޔަލަށް އެއްބަސްވުން ހަމަވާ އަދި ހިލޭ ޓްރާންސްފާގެ ދަށުން ކުލަބު ބަދަލުކުރެވޭނެ އިތުރު ބައެއް މަޝްޙޫރު ކުޅުންތެރިން

އެންޓޯނިއޯ ރުޑިގާ (ޗެލްސީ)

އެންޑްރޫ ކްރިސްޓެންސެން (ޗެލްސީ)

ޖޭސޭ ލިންގާޑް ( މެންޗެސްޓާ ޔުނައިޓެޑް)

އެލެކްޒެންޑަރ ލަކަޒެޓް ( އާސެނަލް )

އެންޑްރޫ ބެލޮއްޓީ (ޓޮރީނޯ)