English Edition
Dhivehi Edition
ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވި ގދ.ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް: ފޮޓޯ- އެމްއެންޑީއެފް

ސިފައިންގެ ތަމްރީނުތައް ހަދަމުންދިޔަ ގދ. ގައްދޫ ޒުވާނަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ނިޔާވެފައިވަނީ ގދ. ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް ކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ހޮސްޕިޓަލުގައި ކަމަށެވެ.

ރާފިލް އަކީ ޅ. މާފިލާފުށީގައި މިހާރުކުރިއަށް ގެންދާ ސިފައިންގެ ޓްރެއިނިންގ ބެޗުގައި ތަމްރީނު ހަދަމުންދިޔަ ޒުވާނެކެވެ.