English Edition
Dhivehi Edition

ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އައްސަދު އަލީ ހުކުމް ތަންފީޒުކޮށް ނިމި މިނިވަން ވެއްޖެއެވެ.

އޭނާއަށް 15 ދުވަހުގެ ޖަލު ހުކުމެއް އައީ ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވެފައިވާތީއެވެ. އަދި އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައިނުވާތީއެވެ.

އަޑުބަރޭ ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި 72 ގަޑިއިރުގެ ތެރޭގައި އަލީ ކޯޓަށް ހާޒިރުކުރުމަށް އަޑުބަރޭ އަށް އެންގުމުން ވެސް، އެ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުކުރެވުމުންނެވެ.

ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި، 15 ދުވަހަށް ޖަލަށްލާން ހުކުމެއް އައްސަދަށްކުރިނަމަވެސް އެ ހުކުމް ކުރި އިރު، އައްސަދު ރާއްޖެއަކު ނެތެވެ. އެހެންވެ އޭނާ ހޯދަން ކަރެކްޝަންސް އިން ފުލުހުންގެ ކިބައިން އެދިފައިވަނިކޮށް އަސްހަދު އެނބުރި ރާއްޖެ އައިސް، ކަރެކްޝަނާ އަމިއްލައަށް ހަވާލުވީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

އޭނާއަށް އިއްވި ޖަލު ހުކުމް ތަންފީޒު ކޮށްފައިވަނީ ހުޅުމާލެ ޖަލުގައެވެ.