English Edition
Dhivehi Edition

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރ ރުބެން ޑިއާސްއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ރުބެން ޑިއާސްއަށް އަނިޔާވީ އަންގާރަ ދުވަހުގެ ރޭ އެފްއޭ ކަޕް ގައި ޕީޓަރބޮރޯ ޔުނައިޓެޑް އާއި ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ޑިއާސްގެ ފަލަ މަސްގަނޑަށެވެ. މި އަނިޔާއަށް ފަހު ހެދި މެޑިކަލް ޓެސްޓުތަކަށް ފަހު ސިޓީން ބުނީ ޑިއާސްްއަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ކަމަށާއި މަދު ވެގެން ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ޑިއާސް ހުންނަން ޖެހޭނެ ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރުބެން ޑިއާސްއަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރަށް ދާން ޖެހުމަކީ ފޫބައްދަން އުނދަގޫ މައްސަލައަކަށް ވާނޭ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް އަނިޔާއިން ރަނގަޅުވެ ޑިއާސް ކުޅުމުކުގެ ތެރެއަށް އެނބުރި އައުންކަމަށެވެ.

ގާޑިއޯލާ އިތުރަށް ބުނީ ކުރިޔަށް އޮތީ ވަރަށް އުނދަގޫ މެޗުތަކެއް ކަމަށާއި ނަމަވެސް ރަނގަޅު ފެންވަރުގެ ޑިފެންޑަރުން އަދިވެސް ޓީމުގައި ތިބުމުން، އެ ޑިފެންދަރުންނާއި އެކު ޑިއާސް ނެއްތަން ފޫބައްދަން މަސައްލަތް ކުރާނޭ ކަމަށެވެ.

އުމުރުން 24 އަހަރުގެ ޑިއާސްއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުނު އިރު، އޭނާ އަންނަނީ ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ.