English Edition
Dhivehi Edition

ޔުކްރެއިން އާއި ރަޝިއާއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޔޫކްރެއިންގެ ކުރީގެ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް އަންދްރޭ ޝެވްޗެންކޯ ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

ސެވްޗެންކޯ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަޝިއާ އާއި ޔުކްރެއިންނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގައި ކުށެއް ނެތް އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވަމުން ދާ ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަކަށް ދެގައުމުގެ ދެމެދުގައި ހިނގުންދާ ހަނގުރާމަ ހުއްޓާލަން ޖެހޭކަމަށެވެ.

މީގެ ކުރިން ޔުކްރެއިންގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރި ވެފައިވާ އަދި ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ވެސް ކުޅެފައިވާ ފޯވަޑް ސެވްޗެންކޯ ބުނީ އޭނާގެ އަމިއްލަ ވަޒަނަށް ރަޝިއާ އިސްވެ ހަމަލާތައް ދެމުން ދިއުމަކި ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށާއި މިކަން ވަރަށް ހަރުކަށި އިބަރާތުން ކުއްވެރި ކުރާ ކަމަށެވެ.

އަދި ސެވްޗެންކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނި ރަޝިއާއިން ހިންގަމުންދާ މި އަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި ރަޝިއާގެ މި ހަމަލާތަކުގެ ސަބަބުން އުފަން ފަސްގަނޑު ހަނަފަސް ތަނަކަށް ބަދަލުވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ވަގުތުން ވަގުތައް ޔޫކްރެއިންނަށް ދެމުން ގެންދާ ހަމަލަތައް ހުއްޓާލުމަށް ގޮވާލާކަމަށް ވެސް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސެވްޗެންކޯ އިތުރަށް ބުނެފައި ވަނީ ޔޫކްރެއިންގެ ރައްޔިތަކަށް ވީތީ ވަރަށް ފަހުރުވެރިވާ ކަމަށާއި ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދާ ގައުކުގެ މިލިޓަރި ލަސްކަރު ކުރަމުން ދާ މަސައްކަތަށް ތައުރީފު ކުރާކަމަށެވެ.

” ރަޝިއާއިން ޔުކުތެއިންނަށް ދެމުންގެންދާ ހަމަލާތަކުގައި ކުށެއް ނެތް އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން އެބަ މަރުވޭ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން. އަދި މިިއީ ފިނޑި އަމަލެއް. މި ހަނގުރާމަ ހުއްޓުވަން ޖެހޭ، ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭ.” ސެވްޗެންކޯގެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ.