English Edition
Dhivehi Edition

ތައިރޮއިޑް ގްލޭންޑަކީ ކަރުގެ އެތެރޭގައި އިންނަ ކޮކާޝޭޕް އެއްޗެކެވެ. ސިކުނޑީގެ މަސައްކަތްތަކާއި މެޓަބޮލިޒަމް އަށް ބޭނުންވާ ހޯމޯންސް އުފައްދަނީ މި ގްލޭންޑުންނެވެ. ތައިރޮއިޑް ބަލިތަކުގެ ނުރައްކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ތަޖުރިބާކާރުން ދެއްވާ ލަފަޔަކީ ބަލީގެ ނިޝާންތަކަށް އަބަދުވެސް ސަމާލުވުމެވެ. ތައިރޮއިޑް ޖެހިފައިވާ ކަމުގެ ނިޝާންތައް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. އެގޮތުން އަބަދު ވަރުބަލި ވުމާއި، ފަލަ ވުމާއި ހިކެން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވުމުގެ އިތުރުން ހޯމޯނަށް ބަދަލު އައުމާއި މައްސަރުކަންތަކުގައި މައްސަލަ ޖެހުން އަދި ބޮލުން އާދަޔާ ހިލާފަށް އިސްތަށި ފޭބުމާއި ބަނޑުހިކުން ފަދަ އަލާމާތް ތަކަކީ އާންމުކޮށް ތައިރޮއިޑް މައްސަލަ ހުންނަ މީހުންނަށް ދިމާވާ ކަންކަމެވެ. ނަމަވެސް މި ކަންތައްތައް މާ ގިނަ ދުވަސްތަކެއް ވަންދެން ފެންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ތައިރޮއިޑް މައްސަލަ ހުރިތޯ ޗެކްކޮށްލުން ރަނގަޅެވެ.

ތައިރޮއިޑް ކެންސަރ ޖެހޭމީހުން ވެސް މިހާރަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ތައިރޮއިޑް އަކީ ފަރުވާ ނުކޮށް ދޫކޮށްލަން ޖެހޭ ވަރަށް ވުރެ ނުރައްކާ ބައްޔެކެވެ. ތައިރޮއިޑް ބަލިތަކުގެ ނުރައްކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ އިތުރުވަމުންނެވެ. މުޅި ދުނިޔެއަށް ބަލާއިރު ތައިރޮއިޑްގެ ބަލި ހުރި 200 މިލިއަނަށް ވުރެ ގިނަ މީހުން އުޅެ އެވެ.

ކުރީގައި އާއްމުކޮށް ފެންނަނީ އައޮޑިން ޑެފިޝަންސީ ތައިރޮއިޑް ޑިސްއޯޑާ އެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ވައްތަރަކީ މާ ބާރުގަދަ ވައްތަރެއް ނަމަވެސް ކެއުމުގައި އައޮޑިން ބޭނުންކުރާ މިންވަރު އިތުރުކޮށްގެން މި ވައްތަރު ތައިރޮއިޑް މުޅިން ފަސޭހަ ކުރެވޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ނަމަވެސް މިހާރު މި ފެންނަ ވައްތަރުގެ ތައިރޮއިޑަކީ ބޭހުން މުޅިން ފަސޭހަ ކުރެވޭ ވައްތަރެއް ނޫނެވެ. ބަލި މީހާ އުމުރު ދުވަހަށް ތައިރޮއިޑް ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކޮށް ގަވައިދުން ތައިރޮއިޑް ހުރި ވަރު މޮނިޓަރ ކުރަން ޖެހެއެވެ. މިހާރު އާއްމުކޮށް ފެންނަ ތައިރޮއިޑަކީ އޮޓޯ-އިމިއުން ޑިސްއޯޑާ އެއް ކަމަށް ވެސް ސިއްހީ މާހިރުން ބުނެއެވެ.

ތިރީގައި މިވަނީ ތައިރޮއިޑް ބަލިން ފަލަވާ މީހުން ހިކެން ގޭގައި ތައްޔާރު ކޮށްލައިގެން ބޯން ވަރަށް ރަނގަޅު އަދި ކާމިޔާބު ކަމަށް ތަޖުރިބާ ކުރިމީހުން ބުނާ ސައެއް ތައްތާރުކޮށްލާނެ ގޮތެވެ.

ބޭނުންވާތަކެތި:

1/2 މޭޒުމަތީ ސަމްސާ ރީނދޫ

1/4 މޭޒުމަތީ ސަމްސާ މުގުރު އަސޭމިރުސް

ހޫނުފެން

1/2 މޭޒުމަތީސަމްސާ ވާޖިން ކޮކްނަޓް އޮއިލް

ތައްޓެއްނަގާފައި ރީނދޫ އެޅުމަށްފަހު އޭގެ ތެރެއަށް އަސޭމިރުސް އެޅުމަށް ފަހު ހޫނުފެން އަޅާލާށެވެ. ފެން ކުޑަކޮށް ހިހޫވާން ފެށީމަ ވާޖިން ކޮޮކްނަޓް އޮއިލް އަޅާ ރަނގަޅަށް ގިރާލާށެވެ.

*ރީނދޫގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ތައިރޮއިޑް ބައްޔަށް ފަރުވާ ލިބި ހަށިގަނޑުގައި ވާ ގިނަ އިންފެކްޝަންތަކުން ވެސް ދުރުކޮށްދެއެވެ. ރީނދުލުން ތައިރޮއިޑް ކެންސަރ ޖެހުން ދުރުކޮށްދެއެވެ. އަދި ރީނދުލުން، ހައިޕަތައިރޮއިޑް ހުންނަ މީހުނަށް އާންމުކޮށް ދިމާވާ “ބްރެއިން ފޮގް” (ހަނދާން ނެތުން، ފޯކަސްގެއްލުން، އަދި ކަންކަން އޮޅުން ނުފިލުން) ފަދަ މައްސަލައިން ވެސް ދުރުކޮށްދެއެވެ.

* މި ރެސިޕީގައި ބޭނުންކޮށްފައިވާ ސީކްރެޓް އިންގްރެޑިއެންޓަކީ ވާޖިން ކޮކްނަޓް އޮއިލްއެވެ. ވާޖިން ކޮކްނަޓް އޮއިލްގައި ގިނަ އަދަދަކަށް ފެޓް، ލޯރިކް އެސިޑް އަދި މީޑިއަމް ޗެއިން ފެޓީ އެސިޑް ހިމެނެއެވެ. ވާޖިން ކޮކްނަޓް އޮއިލްގައި ހިމެނޭ %50 ފެޓް އަކީ މަދުން ފެންނަ ލޯރިކް އެސިޑެކެވެ. ލޯރިކް އެސިޑަކީ ބާރުގަދަ ބެކްޓީރިއާ އަދި ވައިރަސް ނައްތާލަން އެހީވާ އެއްޗެކެވެ. ލޯރިކް އެސިޑް އެންމެ މަތިކޮށް ހަމަ އެކަނި ހިމެނޭ އެއްޗަކީ ވާޖިން ކޮކޮނަޓް އޮއިލްގެ އިތުރުން މައިމީހާގެ ކިރުގައެވެ. ކޮކްނަޓް އޮއިލްގައި ހިމެނޭ ލޯރިކް އެސިޑްގެ ސަބަބުން ހައިޕަތައިރޮއިޑް ބަލިމީހުންގެ ހުޅުހުޅުގައި ރިއްސުމާއި ގައިގައި ރިއްސުން ރަނގަޅު ކޮށްދެއެވެ. ތައިރޮއިޑް ހޯމޯން ދަށްވުމުން ހަށިގަނޑުގެ ބައެއް ހަރަކާތްތައް ދަށްކޮށްލައެވެ. އޭގެ ސަބަބުން ބަނޑު ހިކުން މެދުވެރިވުމުން މި ސައިގައި ހިމެނޭ ވާޖިން ކޮކޮނަޓް އޮއިލްގައި ހިމެނޭ މީޑިއަމް ޗެއިން ފެޓީ އެސިޑް އިން ބަނޑުހިކުން ދުރުކޮށްދީ ފާހާނާ ކުރަން ފަސޭހަވެގެންދެއެވެ.

މި ސައި5 ދުވަސް ވަންދެން ބޭނުން ކުރުމުން ތަފާތު ފެނިގެން ދާނެއެވެ. ޑައެޓަކާ ނުލާ އަދި ކަސްރަތަކާ ނުލާ 5 ދުވަހުން 5 ކިލޯ ލުއިކޮށްދޭ ކަމަށް ތަޖުރިބާ ކުރި މީހުން ބުނެއެވެ. މިސައި ބޭނުން ކުރާނީ ދުވަހަކު އެއްފަހަރު ހެނދުނު ނޫނީ ނިދުމުގެ ކުރިންނެވެ. ތައިރޮއިޑް ބޭސްކާނަމަ ބޭސް ކެއުމަށްފަހު 40 މިނެޓްފަހުން މި ސައި ބޭނުންކުރާށެވެ.

  • މާބަނޑު މީހުން، ކިރުމައިން އަދި މި ރެސިޕީގައި ހިމެނޭ އެއްޗިއްސަށް އެލާޖިކްވާ މީހުން މި ސައި ބޭނުން ކުރުން އެދެވިގެން ނުވެއެވެ.

ނޯޓް: މިއީ ކެރެލާގެ ރައްޔިތެއް ކަމަށްވާ ނީސާގެ ޔޫޓިއުބް “ނީސާ ހޯމީ” އިން ނަގާފައިވާ ރެސިޕީއެކެވެ.

Ativador Windows 8.1