English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން މަސްތުވާތަކެއްޗާއެކު 41 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން އައްޑޫ ހިތަދޫގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ އެއީ އެ އަވަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިތަދޫ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އެ މީހާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.