English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

ކަސްޓަމަރުންނަށް ބޮޑެތި އޮފަރތަކާއެކު އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފިއެވެ.

މިއީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެކުންފުނިން ހިންގާ އަހަރުގެ ބޮޑު ސޭލް “އެސްޓީއޯ ރަމަޒާން ބާޒާރު 2022″ ގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ލިބޭނެ އޮފަރތަކުގެ ތެރޭގައި ކްރޫގަރ މި އޮފަރގެ ދަށުން، ބައްލަވައިގަންނަވާ 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ ދެ ކާރޓަން އަށް 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާރޓަންއެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި ކްރޫގަރ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް – 400ގްރާމް ކާރޓަންއެއް ގަތުމުން ކުރޫގަރ ކޮކޯ ޕައުޑަރ 250ގްރާމް ގެ ކާރޓަން އެއް ހިލޭ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އަލްނޫރު ބައްލަވައިގަންނަވާ އަލްނޫރު ހިކި ކިރު ކޮންމެ ދެ ކާރޓަންއަކަށް ޑާރކް ޗޮކްލެޓް ޕާސްތާ ނުސާ 400 ގްރާމް 1 ކާރޓަން ހިލޭ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އޭޕްރިލް 30 ގެ ނިޔަލަށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ 1000ރ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ ކަމަށާއި މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500ރ ގެ ގިފްޓް ވައުޗާރ އެއް ދިނުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ވެސް ދިނުމަށް ނިންމާފައިވާ ކަަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ޕްރޮމޯޝަން ފަށާފައިވާ އިރު، ކަސްޓަމަރުންގެ މެދުގައި މަގްބޫލް އެސްޓީއޯ ރަމަޒާން ބަޒާރު އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަތަކާއި ރީޖަނަލް ފިހާރަތަކުގައި 30 އޭޕްރިލް 2022 އާއި ހަމަޔަށް ކުރިއަށްދާނެއެވެ.