English Edition
Dhivehi Edition
Gadhdhoo island in Gaafu Dhaalu Atoll, Maldives

ގދ. ގައްދޫ ހިމެނޭ ގޮތަށް އިތުރު ރަށެއްގައި ވެކްސިން ސްޓޯރޭޖު ގާއިމު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުންކުރިއަށް ގެންދާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ވަރލްޑް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް-19 ގެ ފަރުވާއަށް ބޭނުން ކުރާ ވެކްސިން ރައްކާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ހުޅުމާލެ، ށ. ކޮމަންޑޫ، އަދި ގދ. ގައްދޫގައި ވެކްސިން ސްޓޯރޭޖް ގާއިމްކުރުމަށް މިއަހަރުތެރޭގައި ޓެންޑަރކޮށް ހަވާލުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި، ވެކްސިން ސްޓޯރެޖެއް ގާއިމް ކުރުމަށް ނިންމާފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައްކާތެރިކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށެވެ.