English Edition
Dhivehi Edition

‘ކާބިލް’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޔަމީ ގޯތަމް ، ރިތިކް ރޯޝަން އާއި ކަންގަނާގެ ދެބަސްވުންތަކާއި ގުޅިގެން އޭނާގެ ވިސްނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ޔަމީ ބުނެފައިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެތަރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ ފިލްމީ ދާއިރާގެ އެންމެންވެސް ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.އަދި މި ދެބަސްވުމަކީ ވަކި ޖިންސެއްގެ މީހަކަށްވީތީ ޖެހިގެން އުޅޭ މައްސަލައެއް ނޫނަކަމަށާއި މިކަމުގެ ހަގީގަތް ގިނަ ބަޔަކަށް އޮޅުން އަރާފައިވާކަމަށް ޔަމީ ވަނީ ބުނެފައެވެ. “އަހަރެންނަނީ ސޯޝަލް މީޑިއާގައި އެހާ މަގުބޫލު ތަރިއެއް ނޫން. އެކަމަކު އަހަރެން މި ވާހަކަ މި ދައްކަނީ މި މައްސަލަ ހައްލުވާނެކަމުގެ ވަރަށް ބޮޑު އުއްމީދަކާއެކު. އަހަރެންނަކީވެސް އަންހެނަކަށްވީތީ” ޔަމީ އޭނާގެ ފޭސްބުކް ގައި ލިޔެފައިވެއެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ދެތަރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އޭނާ މަސައްކަތްކުރަމުންދަނީ ރައްޓެއްސެއްގެ ހައިސިއްޔަތުން ނޫނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތަރިއެއްގެ ހައިސިއްޔަތުން ނޫންކަމަށާއި ޒިންމާދާރު ރައްޔިތެއްގެ ހައިސިއްޔަތުންކަމުގައެވެ.

ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޔަމީ އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާ ވަނީ އިންސްޓަގްރާމުގެ ޒަރިއްޔާއިން ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.

ޓެގު