English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

އިންސާފު ނުލިބި، ވެރިންނަށް އިތުބާރު ކުރަން ދަތިވެފައި ތިބި އެންމެން ވެސް, ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަށް އިތުބާރު ކުރާ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަންމަ އާއި ދައްތަ އެމްޑީޕީއަށް ސޮއިކޮށް، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިންތިއަށް ތާއީދު ކުރަން ނިންމުމުމާއި ގުޅިގެންނެވެ. ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކޮށްފައިވާ ޓްވީޓެއް، ރީޓްވީޓް ކުރެއްވުމަށް ފަހު ވައްޑެ ވިދާޅުވީ އިތުބާރު ކުރަންވީ ކާކަށް ކަން ދެނެގަންނަން ދަތިވެފައި ތިބި އެންމެން ވެސް އިންތިއަށް އިތުބާރުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު، އެ ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ. މި ގޮތުން އިންތިއަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ދެން މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ ބޭފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ،

އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.