English Edition
Dhivehi Edition

ގދ. ތިނަދޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، އެރަށުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ 9:30 ހާއިރުކަމަށެވެ. މި މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.