English Edition
Dhivehi Edition

ގދ.ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކަނަޑައެޅިފައިވާ ތާރީހަށް ބަދަލު ގެނެސް، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ،

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިން ވަނީ މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރުމަށް އެރަށު، 13.20 ނަންބަރު ބިމުގައި ހިމެނޭ 230،000 (ދެލައްކަ ތިރީސް ހާސް) އަކަފޫޓުގެ ބިން ދޫކުރުމަށް ނިންމާފައެވެ.

މީގެ ކުރިން މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ މިމަހުގެ 22ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. އެހެންނަމަވެސް މިއަދު އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 މާރިޗު 2022 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ތިނަދޫގައި މަސްބަންދުކުރާ ކާރުޙާނާއެއް ޤާއިމްކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށާފައިވާއިރު، އެރަށުގައި މަސްގަނެ ރައްކާކުރާ ފެސިލިޓީއެއްް ޤާއިމްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.