English Edition
Dhivehi Edition

ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ ފިނިފިނި ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ. އެސްޓީއޯ އިން ބުނީ މިއިަދު ފެށި މި ޕްރޮމޯޝަން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ހޯމް އިމްޕްރޫވްމަންޓުގައި ފެށި މި ޕްރޮމޯޝަން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ފަށާނީ އަންނަ މަހުއެވެ. މިފަހަރުގެ ޕްރޮމޯޝަންގައި 9،000 ބީޓީޔޫގެ އޭސީ އަދި 12،000 ބީޓޫޔޫގެ އޭސީތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ގަންނަ ކޮންމެ އޭސީއަކަށް ވައުޗަރއެއް ލިބޭ އިރު، ގުރުއަތުން ހޮވޭ 10 މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ

ހިޓާޗީއަކީ މިވަގުތު ރާއްޖޭގައި އެންމެ ދިގުމުއްދަތެއްގެ ވޮރެންޓީއެއް ދޭ ބްރޭންޑެވެ. އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.