English Edition
Dhivehi Edition

ވީވަޢުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅު ކަމަށާއި ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖާއެކު ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ ކަމަށާއި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ 13،000 މުވައްޒަފުންނަށް ވާ ރަނގަޅު އަދިމާބޮޑު ކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތްކުރާ 15،400 މުވައްޒަފަކާއި ސަރުކާރު ކުންފުނިތަކުގެ 5100 މުވައްޒަފުންނަށް މިހެޔޮ ބަދަލު މިވަނީ ގެނެސްދެވިފައި ކަމަށެވެ.

“ފަތުރުވެރިކަމުގެ ދާއިރާ އިން 10 އިންސައްތައިގެ ސަރވިސް ޗާޖް ނަގަން މިހާރު ޖެހޭ. އޭގެ 99 އިންސައްތަ، މުވައްޒިފުންނަށް ހަމަހަމައަށް ބެހުމަކީ ހުސްވި ޖެނުއަރީން ފެށިގެން ޤާނޫނުން ލާޒިމް ކުރާ ކަމެއް. “ޢިއްޒަތްތެރި ރައީސް، ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން. ހއ. ދިއްދޫ އަޙްމަދު ރަޝީދަކީ ޢާއިލާއާ މާދުރުގާ މެދުރާއްޖެތެރޭގެ ރިޒޯޓެއްގާ މަސައްކަތް ކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގާ އޭނާ ގެއަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5600 ރުފިޔާ. އެހެންނަމަވެސް މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ. ސަރވިސް ޗާޖާއެކު މިދިޔަ ޖެނުއަރީ މަހު 55،000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެއަށް ގެންދަން ލިބުނު.” ރައީސް ވިދާޅުވިއެެވެ.