English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖައްސާ އިޢުލާންކޮށްފިއެވެ.

އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ ލިބިވަޑައިގަންނަވާނީ، 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި http://www.ooredoo.mv/investors/ އާންމުކުރާނެ ކަމަށާއި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް އާންމުކުރާނެ ކަަމަށް އުރީދޫ އިން ބުނެއެވެ.

ޓެގު