English Edition
Dhivehi Edition

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ‘ފުވ’ ނަމުގައި ފުވައްމުލައް ސިޓީގައި ބާއްވާ ފުޓްބޯޅަ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ‘ވިމެންސް އިންވިޓޭޝަން ކަޕް’ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ޖެނުވަރީ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު އަދި ލ. ގަމުގައި މި މުބާރާތް ބޭއްވުމަށް އެފްއޭމުން ވަނީ ނިންމާފައެވެ. މި ރަށްތަކުގައި ބާއްވާ މުބާރާތް ކާމިޔާބުކުރާ ޓީމުތައް ކޮލިފައިވާނީ މާލޭގައި އޮންނަ މި މުބާރާތުގެ ޗެމްޕިއަނުންގެ ބުރަށެވެ.

މި ޓީމްތަކުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އޮންނަ މުބާރާތް ކާމިޔާބުކުރާ ޓީމް ވެސް މި މުބާރާތުގެ ޗެމްޕިއަނުންގެ ބުރަށް ކޮލިފައިވާނެއެވެ. އަދި މި ފަސް ބައިގެ ޗެމްޕިއަނުންގެ މެދުގައިވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ

ރާއްޖޭގެ ޗެމްޕިއަނުން ހޮވާނީ މާލޭގައި، މި ޓީމުތަކުގެ މެދުގައި ފައިނަލް ބުރެއް ކުޅުމަށް ފަހު އެވެ.