English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު ހުންނެވީ މެޑިކަލް ލީވްއެއް ގައި ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

މީޑިއާ އާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ މަބްރޫކު މިކަން ހާމަކުރެއްވީ ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި މަބްރޫކް ވިދާޅުވީ އޭނާއަށް ކޯވިޑް ޖެހުނުތާ ކުޑަދުވަސްކޮޅެއް ވެފައިވާ ކަމަށާއި ބަލިވެ އުޅުއްވާތީ މިދުވަސްކޮޅު ހުންނެވީ މެޑިކަލް ލީވްގައި ކަމަށެވެ.

މަބުރޫކަށް ކޯވިޑް ޖެހިފައި މިވަނީ ރާއްޖޭގައި ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓު ފެތުރި ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ހެލްތް މިނިސްޓްރީއާއި އެޗްޕީއޭ އަދި ކަމާއިގުޅޭ އިދާރަތަކުން ދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ވެސް ވަނީ ރާއްޖެއިން 967 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.