English Edition
Dhivehi Edition
ފުލުހުންގެ ފްރަންޓްލައިން އޮފިސަރެއް މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފޮޓޯ: ޕޮލިސް

މިއަދު ރާއްޖެ އިން 536 މީހުން ކޮވޮޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު، މާލޭގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ގޮސްފިއެވެ.

މިއަދު މާލެއިން 267 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 158 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުން 83 މީހުން ޕޮޒޓިވްވެފައިވާއިރު 28 މީހަކު ޕޮޒިޓިވްވި ވަކި ރަށެއް އިއުލާނުކޮށްފައެއް ނުވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 4656 އަށް އަރާފައެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ 200 މީހުން ބަލިން ރަނގަޅުވެފައެވެ.

މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 21 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 264 މީހުން ވަނީ ނިޔާވެފައެވެ.