English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް، ހޯމް ސޯލަރ ޕޮރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހޯމް ސޯލާ ޕްރޮގްރާމް” ސަބަބުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށެވެ. މިހާރު މި ޕޮރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކޮށް ކައުންސިލުން ވަނީ އިތުރު މަޢުލޫމާތު އެންވަޔަރަމެންޓް މިނިސްޓްރީން ނާއި ފެނަކައިން 6885009 ލިބިގެންދާނެކަމަށް ބުނެފައެވެ.

ހޯމް ސޯލަރ ޕްރޮގްރާމް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ އެކު އެންވަޔަރަމެންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 6 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. .މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ހޯމް ސޯލާ ޕްރޮގްރާމަކީ ކަރަންޓް ބިލުތައް ކުޑަ ކުރުމަށާއި، ޖުމުލަކޮށް ބަލާއިރު ރާއްޖޭގެ ބަޖެޓުން ތެލަށް ހަރަދުކުރާ މިންވަރު ކުޑަކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ސައީދު ވިދާޅުވީ މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށާއި ސޯލާ ޕެނަލްތައް ހަރުކުރަން ނިންމާފައިވަނީ އާއްމު ރައްޔިތުންގެ ގޭގެ ގޯތިތެރޭގައި ކަމަށެވެ.

މި ޕްރޮގްރާމުގެ ސަބަބުން ވަކިވަކި ގޭބީސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕެނެލްތައް ހަރުކުރެވިގެން ދާނެ އެވެ.