English Edition
Dhivehi Edition

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާ އާއި ދެ ޤައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

އެގޮތުން ޗައިނާ އަށް ދާ ދިވެހިންނަށް ވިސާ ނެތި އެ ޤައުމަށް ދެވޭ ގޮތަށް ހަމަޖެއްސުމާއި ރާއްޖެއަށް އެކި ދާއިރާތަކުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އަދި ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރުމަށް 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެ ޤައުމުގެ އެހީގައި ހިންގަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފައެވެ.

ވަންގް ޔީގެ މި ދަތުރުފުޅާއި ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ ގެ 76 ވަނަ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާ ކަމުގައެވެ.