English Edition
Dhivehi Edition
ބިޒްނަސް ސެންޓަރުން ސިޓީ ކައުންސިލާއި ބައްދަލުކުރުން

ފުވައްމުލައް ބިޒްނަސް ސެންޓަރުގެ ފަރާތުން، ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގައި ބޭއްވި މި ބައްދަލުވުމުގައި އެ ސިޓީޣެ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލް މެމްބަރުންނައި ސިޓީ ކައުންސިލް އިދާރާގެ އިސްފަރާތްކުން ވަނީ ބައިވެރިވެފައި ވެއެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ބިޒްނަސް ސެންޓަރުން ވަނީ އެ ސެންޓަރުން މިހާރު ހިންގާ ޕްރޮގްރާމްތަކާއި އަދި މިހާތަނަށް ހިންގުނު ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގައި އުފެއްދުނު ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ބިޒްނަސް ސެންޓަރުތައް ގާއިމުކޮށްފައެވެ.

އެ ސެންޓަރެއް ހުންނަ ސަރަހައްދުގެ ރަށްރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯކްޝޮޕްތައް އެފަރާތްތަކަށް ހިންގައިދެއެވެ.